މިސަރުކާރުން ކަމެއް އިސްލާހު ކުރުމުގެ ނިޔަތެއް ނެތް: ސަލީމް

saleem-e1632799016636.jpeg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް

މިސަރުކާރުން އެއްވެސް ކަމެއް އިސްލާހު ކުރުމުގެ ނިޔަތެއް ނެތް ކަމަށާއި އޮތީ ވައްކަން ކުރުމުގެ ނިޔަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ވައްކަން ކުރުން ކަމަށެވެ.

ސަލީމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެކަން ކުރިއަށް ނުދަނީ އެއީ ހަމައެކަނި ވޯޓު ހޯދުމަށް ދެއްކި ވާހަކަ އަކަށް ވާތީކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ވިދާޅުވީ، ކަމެއް ކުރެވޭނީ އެ ކަމެއް ކުރުމަށް އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށާއި، ޖޭއެސްސީ އިސްލާހު ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މިކަމާއި ގުޅިގެން ސަލީމް ވިދާޅުވީ މިސަރުކާރުގައި ކަމެއް ރަނގަޅު ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށާއި، އޮތީ ވައްކަން ކުރުމުގެ ނިޔަތެއް ކަމުގައެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ދައުރު ނިމެން ހަތަރު މަހަށް ވެފައިވާއިރު މިހާތަނަށްވެސް ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ނުވެއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ މިސަރުކާރުން ވީ ބޮޑު ވައުދެއް ނަމަވެސް މިހާތަނަށް އައިއިރުވެސް މިވައުދު ފުއްދުމަށް އެއްވެސް ކަމެއް ނުކުރާކަމީ މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއްކަމަށް ޖުޑީޝަރީ ކޮމެޓީގައިވެސް އިންނަވާ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top