ބ. މާޅޮހު ގައި ގާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަދާހަމަ ދީފި އެވެ.
މި މަސައްކަތްުގެ ކޮންޓްރެކްޓަރު، އެމްޑަބްލިޔުއެސްސީ އިން ބުނީ އެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި މި މަސައްކަތުގެ ދަށުން ބަހައްޓަންޖެހޭ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ކަމަށެވެ.
ބ.މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ގާއިމްކުރާނެއެވެ.
ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.