ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބ.އަތޮޅު ހަބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

viber_image_2023-02-17_10-47-32-327.jpg

ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި، ބ.އޭދަފުށީ ތަނޑިރަތްމާގޭ އަބްދުﷲ ވަހީދު

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބ.އަތޮޅުގެ 6 ބޭފުޅަކަށް ދިވެހި ދައުލަތުގެ ފަރާތުން ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންފިއެވެ.

އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދެއްވާފައިވެ އެވެ.

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވައިގެން ބ.އަތޮޅުން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހަ ބޭފުޅުންނަކީ

  1. އަބްދުއްސައްތާރު އަލީ، ހަތިހާ، ބ. އޭދަފުށި (ޚިދުމަތުގައި 46 އަހަރު)
  2. ޔޫސުފް އަބްދުއްރަހްމާން، މީނާޒް، ބ. މާޅޮސް (ޚިދުމަތުގައި 46 އަހަރު)
  3. އަބްދުﷲ ވަހީދު، ތަނޑިރަތްމާގެ، ބ. އޭދަފުށީ (ޚިދުމަތުގައި 42 އަހަރު)
  4. އަޙްމަދު ޝަރީފް، ޑޯރެންސީވިލާ، ބ. ކިހާދޫ (ޚިދުމަތުގައި 40 އަހަރު)
  5. މުހައްމަދު ލަތީފް، ދޭލިޔާގެ، ބ. އޭދަފުށި (ޚިދުމަތުގައި 37 އަހަރު)
  6. އަބްދުލްއަޒީޒު އަހްމަދު، ބަށިމާގެ، ބ. އޭދަފުށި (ޚިދުމަތުގައި 36 އަހަރު)

މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ބ.އޭަދފުށީ ދޭލިޔާގޭ މުހައްމަދު ލަތީފް

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވަން ފެއްޓެވީ 2021 ވަނަ އަހަރެވެ. މި އިނާމު 223 ބޭފުޅަކަށް ދެވުނުއިރު ރޭގެ ޖަލްސާގައި 86 ބޭފުޅަކަށް އިނާމް ދެއްވިއެވެ. 2022 ވަނަ އަހަރު މި ޖަލްސާ ބޭއްވިފައެއް ނުވެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު