ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން މާލޭގައި އިތުރު ފިހާރައެއް ހުޅުވައިފި އެވެ. މި ފިހާރައާއެކު ރެޑްވޭވް އިން މާލެ ސަރަހައްދުގައި ހިންގާ ފިހާރާތކުގެ އަދަދު 13 އަށް އެރީ އެވެ.
މި ފިހާރަ ހުޅުއްވައި ދެއްވަމުން ސަލީމް ވިދާޅުވީ ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޒަރޫރީ ބާވަތެއް އަގުހެޔޮކޮށް ލިބޭނީ ރެޑްވޭވްގެ ފިހާރަތަކުން ކަމަށެވެ.
“ޖީއެސްޓީވެސް ބޮޑުވެގެން އެ ދިޔައީ. އެކަމަކު، ރެޑްވޭވްގެ އަގުތައް އެހެން ހުރިހާ ތަނަކަށްވުރެ ހެޔޮވާނެ. ވަރަށް ބޮޑުތަނުން އަގު ހެޔޮ އެއްޗެހިވެސް ހުންނާނެ.” ސަލީމް ވިދާޅުވިއެވެ.
ޖީއެސްޓީގެ ސަބަބުން ބާޒާރުގައި އުފުލިފައިވާ ތަކެތީގެ އަގުތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ހެޔޮ އަގެއްގައި މުދާ އެތެރެކޮށް ހިލޭ ގުދަނެއްގައި މުދާ ބަހައްޓަމުންދާ ދައުލަތުގެ ކުންފުނި އެސްޓީއޯގެ ބައެއް ސާމާނުތަކަށްވުރެ ރެޑްވޭވްގައި އަގު ހެޔޮވާނެ ކަމަށެވެ.
ޖީއެސްޓީގެ ސަބަބުން ބާޒާރުގައި އުފުލިފައިވާ ތަކެތީގެ އަގުތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ހެޔޮ އަގެއްގައި މުދާ އެތެރެކޮށް ހިލޭ ގުދަނެއްގައި މުދާ ބަހައްޓަމުންދާ ދައުލަތުގެ ކުންފުނި އެސްޓީއޯގެ ބައެއް ސާމާނު ތަކަށްވުރެ ރެޑްވޭވްގައި އަގު ހެޔޮވާނެ ކަމަށެވެ.
އަދި ކުރިއަށް ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮ ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
“ރެޑްވޭވް އެކްސްޕްރެސް” ގެ ނަމުގައި ހެންވޭރުގައި ހުންނަ އެސްޓީއޯ ބޭސް ފިހާރަ ކުރިމަތީގައި އަލަށް ހުޅުވި ”ރެޑްވޭވް“ ގެ ފިހާރައިގެ ތިރީ ބައި ހާއްސަކޮށްފައި ވަނީ ކާބޯތަކެތި ވިއްކުމަށެވެ. އެއް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގެ އަދި ގެއަށް ބޭނުންވާ ސާމާނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހެދުން ވިއްކުމަށެވެ.
ރެޑްވޭވްއިން ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންއެއް ބާއްވަން އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. ފަހަކަށް އައިސް އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް އަގުބޮޑު އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ބާއްވާކަން ފާހަގަކޮށްލެވެއެވެ.