ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ދެތިން ހަފުތާ ތެރޭގައި ހަވާލުކުރާނަން: ރައީސް

b_HYoLhgYIJWetdJsi83rhz1FZ1.jpeg

ރައީސް ސޯލިހު ބ. އޭދަފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް އެއްވެފައި ތިބި މީހުންނާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ --- ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް

ބ. ތުޅާދޫ ގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ބ. އޭދަފުއްޓަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ފުރައިގެން 20 ނުވަތަ 30 މިނެޓުން ދެވޭ ދުރުމިނެއްގައި އެއާޕޯޓެއް ހެދުމަކީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެފައިވާ ވައުދެއް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިމި، މުލީ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު ހަތަރު އެއާޕޯޓެއް ހަދާނެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ބ. އަތޮޅުގައި އިތުރު އެއާޕޯޓެއް ހަދަން ވައުދުވެފައިވާނެ ކަމަށާއި އެގޮތުން ތުޅާދޫގައި އެއާޕޯޓެއް ހަދަންވީ ވައުދު ފުރިހަމަކުރުމަށް މިހާރު އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ދެތިން ހަފުތާގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަން،” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ މެދުތެރެއަށް ދާއިރު، އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކައި އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން އެއާޕޯޓް ބޭނުންކުރެވޭވަރު ކުރުމަކީ އަމާޒެެއް ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top