ޖީއެސްޓީ، ބޮޑުކުރުމުން ކަމަށް ބުނެ ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ އަގު ބޮޑުކޮށްފި އެވެ.
ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލުމާއެކު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް އެ ބަދަލަކީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުގެ ސަބަބުން އައި ބަދަލެއް ކަމަށް އެއާލައިން ތަކުން ބުނެ އެވެ.
މި ބަދަލާ ގުޅިގެން ބ.އަތޮޅު ރައްޔިތުން އާއްމު ކޮށް ވައިގެ މަގުންދަތުރު ކުރާ މަންތާ އެއާއިން ބުނީ ޓެކްސް ބޮޑުވި ނަމަވެސް އަގު މާބޮޑަށް އުފުލިފައެއް ނުވާނެ ކަމަށެވެ. އެވެ. އެކަމަކު ބޮޑުކުރި ޓެކްސްއާ އެއް ހަމަ ކުރުމަށް ޓަކައި މަންތާ އެއާއިން ވެސްް ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ.
މަންތާގެ އަގުތައް
މާލެއިން ދަރަވަންދޫއަށް – ކޮމްފޯޓް ފްލެކްސް/ 1،149 ރުފިޔާ
މާލެއިން ދާލު އެއާޕޯޓަށް -ކޮމްފޯޓް ފްލެކްސް/ 1،449 ރުފިޔާ
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ ވިލާ އެއާގެ އަގުތަކުން ވެސް އެ ބަދަލު ފެންނާނެކަމަށެވެ.
“އަޅުގަނޑުމެން ވެސް މައިގަނޑު ގޮތެއްގައި ހަމަ ޓެކްސް ބޮޑުވީމާ އެ ކަމާ ގުޅިގެން ބަދަލު ގެނެސްފައިވާނީ،” ”ސަން“ އާއި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޓިކެޓުގެ އަގުވެސް އުފުލިފައިވަނީ ބޮޑުކުރި ޖީއެސްޓީ އާ ގުޅިގެން ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވިއެވެ.
ޖެނިފާ ވިދާޅުވީ، އަގުތަކަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާނެކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ ބައެއް އަގުތައް މިހާރު ހުރި ގޮތް:
މާލެއިން ކާޑެއްދޫ – 1،498 ރުފިޔާ
މާލެއިން ތިމަރަފުށްޓަށް – 1،388 ރުފިޔާ
މާލެއިން މަޑިވަރަށް – 1،301 ރުފިޔާ
މާލެއިން މާފަރަށް – 1،301 ރުފިޔާ
މާލެއިން ކައްދޫއަށް – 1،388 ރުފިޔާ
މާލެއިން އައްޑޫ ސިޓީ ގަަމަށް – 1،611 ރުފިޔާ
މާލެއިން ފުވައްމުލަކަށް – 1،577 ރުފިޔާ