ބ އަތޮޅު ކައުންސިލްގެ ރައީސްގެ ތާއީދު ނަޝީދަށް!

Fl2x65UaUAgH7Hz.jpg

ބ.އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހު--/ފޮޓޯ ޓުވިޓަރ

ބ. އަތޮޅު ކައުންސިލް ރައީސް އަހުމަދު އަފްރާހުގެ ތާއީދު އޮތީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދަށް ކަމަށް ހާމަކުރައްވައިފިއެވެ.

ތުޅާދުއަށް އުފަން އަހުމަދު އަފްރާހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ބަދަލުގައި ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ކީއްވެގެންކަން ބަޔާން ކުރައްވަމުން އަފްރާހު ދެއްވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެއީ މި ސަރުކާރުން ކައުންސިލަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ހިފަހައްޓަވާފައިވާތީ ކަމުގައެވެ.

”އަޅުގަނޑުމެން ވިސްނައިގެން ތިބީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްފަހު ކައުންސިލުތަކަށް ވަރަށްގިނަ ބާރުތަކެއް ދޫކޮށްލާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް ތަޖުރިބާކުރަން ޖެހިފައި މިވަނީ ރައްޔިތުންނާ ގުޅުން ހުރި އެތައް އެތައް ކަންތަކެއް މިސަރުކާރުން ހިފަހައްޓާ ރައްޔިތުންނަށް ލިބިދޭން ޖެހޭ އެންމެ ހައްގު މިންވަރު ލިބިނުދިނުމަށްޓަކާ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާތަން.“ އޭނާ ވިދާޅުވި އެވެ.

ރައްޔިތުުންނަށް ލިބިދޭން ޖެހޭ ހައްގު މިންވަރު ހޯދުމަށް އަތޮޅު ކައުންސިލު ތަކުންނާއި ރަށު ކައުންސިލު ތަކުން ގިނަގުނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރެއްވިކަންވެސް އަފްރާހު ފާހަގަކުރެއްވި އެވެ

”އަޅުގަނޑު ހަމަގައިމުވެސް ގަބޫލުކުރާ ގަބޫލު ކުރުމަކީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ރައްޔިތުންނާ ގާތުން ކޮށްދެވޭނެ އެންމެ ފަހުރުވެރި ހެޔޮވެރިކަމެއް ކޮށްދެވޭނީ ރައީސް ނަޝީދު މި ދިވެހި ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރެވިގެން. “

އޭނާ ވިދާޅުވީ އެކަމަށްޓަކާ ގަދަކޮށް މިހުރީ ރައީސް ނަޝީދާ އެކުގައި މި އިންތިހާބު ކާމިޔާބު ކުރުމަށް ނުކުމެ ކަމުގައެވެ.

އަފްރާހު މިހެން ވިދާޅުވި ކަމަށްވިޔަސް އަތޮޅު ކައުންސިލުގެ ރައީސްކަމުގެ މަގާމުގައި އަފްރާހު ހުންނަވައިގެން ދެއަހަރު ފުރެމުން ދާއިރު އަތޮޅުގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގެ ހުރަހަކަށް ރައީސް ޖުމްހޫރިއްޔާ ވުމަކީ ޒިންމާއިން ރެކުމުގެ ގޮތުން ދައްކާ ހުއްޖަތެއް ކަމަށް ގިނަބަޔަކު ބުނެ އެވެ.

ޒިންމާދާރު ގޮތަކީ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީ ކުލައަށް ނުބަލައި އެންމެންނަށް އެއްހަމައަކުން ބައްލަވައިގެން އަތޮޅުގެ ތަރައްގީއާއި ކުރިއެރުމަށް ފޯކަސް ކުރެއްވުން ނޫން ބާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top