މިނިވަން50 ފުޓްބޯލްޗެމްޕިއަންކަޕްގެ ޒޯން 3 ގައިހިމެނޭ އޭދަފުއްޓާއި ދުވާފަރު މާދަމާ މާލޭގައި ކުޅޭ މެޗް ޗެނަލް13 އަިން ވަގުތުން ދުރަށް ދައްކާގޮތަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖްލީހުގެ އޭދަފުށީ ދާއިރާގެ މެންބަރ އަހްމަދު ސަލީމުގެ އެހީތެރިކަމާ ހެޔޮއެދުންތަކާއެކު މިމެޗް ވަގުތުން ދުރަށް ދައްކާގޮތަށް ހަމަޖެއްސީ އޭދަފުށީ ރައްޔިތުންގެ ގިނަބަޔަކު މި މެޗް ވަގުތުން ބަލަން ބޭނުންވާނެކަމަށް ފެންނާތީކަމުގައި ސަލީމު ވިދާޅުވިއެވެ.
މި މެޗް މާލޭގައި ކުޅޭ ގޮތަށް ހަމަޖެއްސީ މި ދެޓީމު އެންމެ ފަހުން އޭދަފުށީގައި ކުޅުނު މެޗަށްފަހު ދުވާފަރުގެ ބައެއް ކުޅުންތެރިންނާއި ފުލުހުންނާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުމާގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީކޮމެޓީން މައްސަލަ ބެއްލެވުމަށް ފަހުއެވެ.
މި މެޗު އޮންނާނީ މާދަމާ ހަވީރު މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައެވެ.
މުބާރާތުގެ ޒޯން3ގައި ކުޅެފައިވާ މެޗްތަކުގެ ނަތީޖާއަށް ބަލާއިރު އެއްވަނާގައި އުޅެނީ 7 ޕޮއިންޓައެކު އޭދަފުށްޓެވެ. ދެވަނައިގާ 3 ޕޮއިންޓާއެކު ދުވާފަރު އުޅޭއިރު ހިންނަވަރު އުޅެނީ އެންމެ ޕޮއިންޓަކާއެކު 3ވަނައިގައެވެ.
މި ދެ ޓީމް އެންމެ ފަހުން އޭދަފުށީގައި ބައްދަލުކުރި މެޗް 2-0 އިން މޮޅުވެފައިވަނީ އޭދަފުށްޓެވެ.