ސޮނޭވާފުށި ރިސޯޓްސް ގްރޫޕުން ތައާރަފްކުރާ ފްލޯޓިންގވިލާގެ ޚިދުމަތް ސޮނޭވާފުށީީގައި ފެށުމަށް ބޭނުންވާ އުޅަނދު މާލެއަތުވެއްޖެއެވެ.
ސޮނޭވާއިން ބުނީ މިއީ އެ ކުންފުނިން ދުނިޔޭގެ 20ސަރަހައްދެއްގައި ބޯޓުވިލާ ތައާރަފްކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ތައާރަފްކުރާ ފުރަތަމަ އުޅަނދު ކަމުގައެވެ.
“ސޮނޭވާއިން އަކުވާ” ގެ ނަމުގައި އަލަށް ތައާރަފުކުރި މި އުޅަދުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި މާސްޓަރސުވިޓަކާ ސަންބާތިން ޑެކަކާ ލައިބްރަރީއެއްގެ އިތުރުން ލައުންޖަކާއި ޖަކޫޒާއެއްވެސް
ދިގުމިނުގައި 20 މީޓަރު ،ފުޅާ މިނުގައި 6 މީޓަރުހުންނަ މިއުޅަނދު ގައި ޚިދުމަތްދިނުމަށް 6 ކުރޫ ގެ އިތުރުން ސްޕާ ތެރަޕިސްޓަކާ ޝެފެއްވެސް ހިމެނެއެވެ.
ހަތަރު ގެސްޓުންނަށް އެއްފަހަރާ ޚިދުމަތްދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓްވިލާގައި ރެއަކަށް 5000 ޑޮލަރު ހޭދަކުރަން ޖެހެއެވެ.