މެސެޖް އެލާޓް ފޮނުވުމަށް ބީއެމްއެލް އިން ބަދަލެއް

333811_3_0af4213d7ce609c97c972c3f949de7165d28ee28_large.jpg

-ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޮނުވާ މެސެޖް އެލާޓަށް ބަދަލެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ޕްރޮމޯޝަނަލް މެސެޖާއި އެވެއާނަސް އަދި އަޕްޑޭޓްތަކުގެ މެސެޖުތައް ފޮނުވާނީ “ބީއެމްއެލް” ޖަހާފައިވާ އައިޑީއަކުންނެވެ. އަދި ބޭންކްގެ ޓްރާންސެކްޝަން ތަކާއި އޯޓީޕީ މެސެޖްތައް ދާނީ 455 ނަންބަރުން ކަމަށެވެ.

މީގެ ކުރިން ބީއެމްއެލް އިން ހުރިހާ އެސްއެމްއެސް މެސެޖުތަކެއް ފޮނުވަނީ 455 ނަންބަރުންނެވެ.

މި ބަދަލު ގެނައީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކޮށްދިނުމަށް ކަމަށް ބޭންކުން ބުންޏެވެ.

ފަހަކަށް އައިސް އެ ބޭންކާއި އެނޫން ވެސް އިދާރާތަކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އާންމުންނަށް ގުޅަމުންދާތީ ބީއެމްއެލް އިން ވަނީ އެކަމަށް ސަމާލުވާން އެދިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top