ރޭޑިއޮގްރަފީ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

img_md_202106150824231623770663.7357.jpg

އެސްޓީއޯގެ ޓްރެއިންނިން އިންސްޓިޓިއުޓް

އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތު ކެއާ ގުޅިގެން ހިންގާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރާފަރުން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހަކީ ފުލީ ފަންޑަޑް ކޯހެއްގެ އިތުރުން ކޯހުގެ ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 2300 ރުފިޔާ ލިބޭ ކޯހެކެވެ. ހަމައެހެންމެ މި ކޯހުގެ ބައިވެރިންނަށް 6 މަސް ދުވަހުގެ އިންޓާންޝިޕްގެ ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި ކޯސް ފުރިހަމަ ކުރާ މީހުންނަށް ވަޒީފާގެ ޔަގީންކަން ވެސް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް އިފްތިތާހު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top