އެސްޓީއޯ ފިހާރަތަކުން ބާޒާރު ކޮތަޅަށް އަގުނަގަން ފަށައިފި!

big_bX5lO3qf4AQV4YJDxgog3nCRv.jpg

އެސްޓީއޯއިން ވިޔަފާރި ކުރާ ތަކެތި އަޅާ ކޮތަޅަށް އަގު ނަގަން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން އެސްޓީއޯ މާލޭ ފިހާރަތަކުން ވިޔަފާރި ކުރާ ތަކެތި އަޅާ ކޮތަޅަށް އަގު ނަގަން ފަށާފައިވާއިރު އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައިން ވިޔަފާރި ކުރައްވާ މީހުންނަށްވެސް މިއަދުން ފެށިގެން ކޮތަޅު ޖެހެނީ ގަންނަން ކަމަށް އެފިހާރައިން މައުލޫމާތު ދިނެވެ.

”ޕްލާސްޓިކް ކޮތަޅެއްގެ އަގަކީ 2.5ރ. ކަރުދާސް ކޮތަޅެއް 2ރ. އަށް. ކަސްޓަމަރ ބޭނުންވާނަމަ ކޮތަޅުގެ އަގު ގަންނަ މުދަލުގެ ބިލަށް އެޑް ކުރެވިދާނެ.“ ފިހާރައިން މައުލުމާތު ދެއްވިއެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ކަމަށާއި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ކޮންމެ ކަސްޓަމަރެއް ވެސް ގެންދިއުމަށް މީގެކުރިން އެސްޓީއޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެސްޓީއޯ އިން ބުނީ ، މިއީ ތިމާވެއްޓާ ރައްޓެހި އާދަތަކަށް އަހުލުވެރި ކުރުމާއި، ޕްލާސްޓިކް ކޮތަޅު ގެންގުޅުން މަދުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top