އަތުން ކެއުމުން ސިއްހަތަށް ފައިދާ ލިބޭ

hand-sign-for-eating.jpg

އާންމުކޮށް ގިނަ ދިވެހިން މިހާރު ވެސް ގޭގައި ކައި އުޅެނީ އަތުންނެވެ. އެކަމަކު ޒަމާނަށް އަންނަ ބަދަލާ އެކު ވަރަށް ގިނަ މީހުން މިހާރު ކައި އުޅެނީ އޫ ސަމުސަލުންނެވެ. ނުވަތަ ވަޅި އުލުންނެވެ. ރެސްޓޯރަންޓް ފަދަ ތަންތަނުގައި އަތުން ކެއުމަކީ ވަރަށް މިހާރު ވަރަށް ހަޑި ކަމަކަށް ވެސް އޮންނަނީ ވެފަ އެވެ.

އެކަމަކު މި “ހަޑި” ކަމަކީ ސިއްޙަތަށް ވަރަށް ފައިދާ ކުރާ ކަމެކެވެ. ގަބޫލު ކުރަން ދަތި ވިޔަސް އަތުން ކެއުމަކީ އޭގެ ސަބަބުން ބައެއް ބަލިތަކުން ރައްކާތެރިކޮދޭ ކަމެކެވެ. އެހެންވެ އެ އާދަ ދޫކޮށް ނުލާށެވެ.

* ޑައިބެޓީސް ޓައިޕް 2 އިން ސަލާމަތްކޮށްދޭ

އާއްމު ގޮތެއްގައި އަވަސް އަރުވާ ލައިގެން ކައި އުޅޭނަމަ އެމީހުން ޑައިބެޓީސް ޓައިޕް 2 ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އާއްމު ގޮތެއްގައި އުލާ ސަމްސަލުން މާއަވަހަށް ކައިލެވެއެވެ. އަތުން ކައި ނަމަ ތަންކޮޅެއް ލަސްވާނެއެވެ. އެހެން ކަމުން އެކަމަކީ ހަޑި ކަމެއް ނަމަވެސް މުހިއްމު ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ.

މިސާލަކަށް “ފްރެންޗް ފްރައިސް (ޗިޕްސް)” ކަހަލަ އެއްޗެއް ކައި ނަމަ ފަހަރަކު އަގަޔަށް ލެވޭނީ އެކަތި ކޮޅެވެ. ނަމަވެސް އޫ ބޭނުން ކުރާނަމަ ފަހަރަކު ފަހެއް ނުވަތަ ހަ އެތިކޮޅުވެސް ކައި ލެވެއެވެ. އަދި މީގެ އިތުރަށް ޗިޕްސް ކޮޅު އަތުން ކައި ނަމަ އެއްފަހަރާ އަގަޔަކަށްވެސް ނުލާނެއެވެ. އެހެންކަމުން އަތުން ކެއުމަކީ ލަސްލަހުން ކެއުމަށް ވަރަށް މުހިއްމު ކަމެކެވެ.

* ހަޖަމް ރަނގަޅުވުން

ފަހަރެއްގައި މިއީ ގަބޫލު ކުރަން އުނދަގޫ ވާހަކައެކެވެ. ނަމަވެސް ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމުން އަތުގައި ހުންނަ ނުބައި ބެކްޓީރިއާ ސާފުވެއެވެ. ނަމަވެސް ހަށިގަނޑަށް ފައިދާ ހުންނަ ބެކްޓިރިއާ ހުންނާނެއެވެ. މި ބެކްޓީރިއާ ތަކަކީ ހަޖަމް ކުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ.

މީގެ އިތުރުން އަތުން ކެއުމުން ސިކުނޑިވެސް ބަރާބަރަށް ގެއުމާއިގެން މަސައްކަތް ކުރާނެއެވެ.

ކައި އެއްޗިއްސަކީ ހަރު ނުވަތަ މަޑު އެއްޗެއްކަން އަތުން ކެއުމުން ސިކުނޑިއަށް އެނގޭނެ އެވެ. އަދި ހޫނު ނުވަތަ ފިނި އެއްޗެއްކަން ވެސް އެނގޭނެއެވެ، އެހާހިސާބުން ސިކުނޑި އެކަމަށް ތައްޔާރުވެ ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުވާނެ އެވެ.

* ގިނައިން ނުކެވުން

އާއްމު ގޮތެއްގައި އަތުން ކައި އުޅޭމީހުންގެ ބަރުދަން ދަށްވާނެއެވެ. ސަބަބަކީ އެމީހުން އެހާގިނައިން ނުކާނެއެވެ. މިއީ ޚާއްސަކޮށް ކުޑަކުދިންނަށް ރަނގަޅު ގޮތެކެވެ.

އެ ކުދިން އަތުން ކެއުމަށް ހިތްވަރު ދީ އެކުދިން އަމިއްލައަށް ކެއުމަށް ފުރުސަތު ދޭށެވެ.އޭރުން އެކުދިންގެ ސިކުނޑި އެކަމަށް ތައްޔާރުވެ ހަޖަމް ކުރުމުގެ ނިޒާމު ވަރުގަދަކޮށް ދޭނެ އެވެ.

ހަށިގަނޑުގެ ބަރުދަން އެއްމިނެއްގައި ހިފަހައްޓަން ބޭނުންނަމަ އަތުން ކެއުން ވަރަށް މުހިއްމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top