ސޮނާކްޝީ މިފަހަރު ވައްކަރު ރިސޯޓުގައި

pjimage-37-1-164922703416x9.jpg

ސޮނާކްޝީ ރާއްޖޭގައި ނަގާފައިވާ ފޮޓޯ އެއް

ރާއްޖޭގެ މުއްސަނދި ގުދުރަތީ ވެއްޓަށް ދެވިހިފާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ. އޭނާ މިފަހަރު ޗުއްޓީ ހޭދަކުރަމުން ދަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި ބޮޑު ފަޅަކާއެކު ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައެވެ.

އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ ރީތި މަންޒަރުތައް  އާއްމު ކުރަމުން ދާއިރު އެއް ފޮޓޯއިން ފެންނަނީ ޕްރައިވެޓް ޕޫލެއް އޮންނަ ކޮޓަރިއެއް ކައިރީގައި ހުއްޓިގެން ނަގާފައިވާ ފޮޓޯއެކެވެ. ދެވަނަ ފޮޓޯގައި އެ ކޮޓަރީގައި އޮށޯވެގެން އޮވެ ވެސް ފޮޓޯ ނަގާފައިވެއެވެ.

މީގެއިތުރުން މޫދު ކައިރީގައި ނަގާފައިވާ ފޮޓޯތައް ވެސް ސޮނާކްޝީ ވަނީ އާންމުކޮށްފައެވެ.

މި ފޮޓޯތައް އާންމު ކުރުމަށް ފަހު ސޮނާކްޝީ ބުނީ ރާއްޖެއަށް އަންނަ ކޮންމެ ފަހަރަކު އެ ގައުމަށް ދެވިފައިވާ ލޯބި އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ.

ސޮނާކްޝީއަކީ ވަރަށް ގިނަ އިން ރާއްޖެ އަށް ޗުއްޓީ އަންނަ ތަރިއެކެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިގެން ދިޔައީ ބޫޖް؛ ދަ ޕްރައިޑް އޮން އިންޑިއާ” އިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top