މާދަމާއިން ފެށިގެން މިފްކޯއިން ވިއްކަމުން ގެންދާ މަސްދަޅު، ކޭހަކުން 50 އާއި 60 ރުފިޔާ އާއި ދެމެދުގެ އަދަދަކުން އަގު ވާނެ ކަމުގެ މައުލުމާތު ލިބިއްޖެ އެވެ.
މިފްކޯއިން 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިވަގުތު ވިއްކަނީ 610 ރުފިޔާއަށެވެ. 24 ދަޅުގެ ކޭހެއް ލިބެނީ 305 ރުފިޔާ އަށެވެ.
މިފްކޯ އިން ބުނީ އެކުންފުނީގެ އުފެއްދުންތަކުގެ އަގު ބޮޑުކުރަން ޖެހުނީ ކުންފުނީގެ މައިގަނޑު އޮޕަރޭޝަން ގުޅިފައިވަނީ ތެލަށް ކަމަށްވެފައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.
މިފްކޯގެ މަސް ދަޅުގެ އަގު މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާއިރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުވެސް މާދަމާއިން ފެށިގެން ބޮޑުކުރުމަށް މިފްކޯ އިން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކަށް ބަލައި މާޗް މަހުން ފެށިގެން މިފްކޯ އިން މަސް ގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.