ދެޑޯޒް ޖެހި މީހުންނަށް ލަންކާ ހުޅުވާލަނީ

055-lanka-850x548.jpg

ކޮވިޑްވެކްސިންގެ ދެޑޯޒް ޖެހި މީހުންނަށް ޕީސީއާރު ޓެސްޓް ނުހަދައި ލަންކާއަށް އެތެރެ ވެވޭގޮތަށް ލަންކާ ސަރުކާރުން ނިންމައިފި އެވެ.

އަންނަ މަހުގެ 1 އިން ފެށިގެން ލަންކާ އަށް އެހެން ގައުމުތަކުން ދަތުރުކުރާ މީހުން މިހާރު ހަދަން ޖެހޭ ޕީސީއާރް ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓް ބޭނުމެއް ނުވާނެ ކަމަށް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސްއެލް) އިން ނިންމައި އެކަން އިއުލާންކުރީ މިއަދެވެ.

ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު އާންމުކުރި އިއުލާނެއްގައިވާ ގޮތުން ވެކްސިން ފުރިހަމަކުރިކަމަށް ބެލެވޭނީ ދެ ޑޯޒް ޖެހިތާ މަދުވެގެން ދެހަފްތާ ވުމުންނެވެ. މީގެ އިތުރުން ޖެންސެން ފަދަ ބްރޭންޑުގެ ވެކްސިންގެ އެއްޑޯޒް ޖެހުމަށްފަހު ދެހަފްތާ ވީނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބެލެވޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.

18 އަހަރުން ދަށުގެ ކުދިންނަށް ޕީސީއާރު ޓެސްޓު ނަތީޖާއަކާއި ނުލައި ލަންކާއަށް ދަތުރު ކުރެވޭނީ އެންމެ މަދުވެގެން އެއް ޑޯޒް ފުރިހަމަކޮށްފައިވާނަމައެވެ. އެއްވެސް ޑޯޒެއް ނުޖަހާނަމަ ކުޑަކުދިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.

ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވަނިކޮށް ބަލި ޖެހިއްޖެނަމަ ލަންކާއަށް ދެވޭނީ ބަލިން ރަނގަޅުވާތާ 7 ދުވަހުގެ މުއްދަތަކަށްފަހުއެވެ. މިފަދަ ފަރާތްތަކުން ބަލިން ރަނގަޅުވިކަމުގެ ލިޔުމެއް ބޭނުންވާނެއެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ސްރީލަންކާއަށް ދަތުރުކުރާނަމަ ކުރިއެކޭވެސް އެއްގޮތަށް 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓު ނެގެޓިވް ނަތީޖާއެއް ބޭނުންވާނެއެވެ.

މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާއިރު ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި ކަމުގެ ލިޔުން ނުވަތަ ވެކްސިން ކާޑު ގެންގުޅުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top