މި ޕީކްގެ ރާޅު ބޮޑުވާނެ : ޑރ.އަފްޒަލް

IMG-20200914-WA0001-850x548.jpg

ޑރ.އިބްރާހީމް އަފްޒަލް.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ހާލަތުގައި އައި ޕީކަށްވުރެ މިހާރުގެ ޕީކްގެ ރާޅު ބޮޑުވާނެ ކަމަށް އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހަތަރުވަނަ ރާޅު ކަމަށެވެ. އަދި މިރާޅު މިދިޔަ މެއިމަހު ތެރޭގައި އައި ރާޅަށްވުރެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑުގެ ކޭސްތައް ކުއްލިއަކަށް އިތުރުވެފައިވަނީ އޮމިކްރޮން ވޭރިއަންޓާއި ގުޅިގެންކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓު ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންގެ އަދަދު ޑެލްޓާ ވޭރިއަންޓަށް ވުރެ މަދު ކަމަށާއި، އެހެން ނަމަވެސް އޮމިކްރޮން ވޭރިއަންޓް ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާތީ ވަރަށް ގިނަ ބަޔަކަށް ބަލިޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

“ބަލިޖެހޭ މީހާއަށް ޖެހޭ މިންވަރު ތަންކޮޅެއް ދަށްވާނެ ޑެލްޓާ ވޭރިއަންޓާ ބަލާއިރު، މިސާލަކަށް ބަލިޖެހޭ މީހުންގެ ތެރެއިން އެންމެ އިންސައްތަ އަކަށް އެކަނި ސީރިއަސް ވި ކަމަށް ވީ ނަމަވެސް އެބަލި ޖެހޭ މީހުންގެ އަދަދު އެތައް ހާސް އިންސައްތަ އެއް މައްޗަށް ދާއިރު އެއްކަލަ އެއް އިންސައްތަ ވެސް ވަރަށް ގިނަ މީހުންނަށް ވެދާނެ.” އަފްޒަލް ވިދާޅުވިއެެެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ވަނީ އޮރެންޖުން ރަތަށް ބަދަލުކޮށްފައެވެ. ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު އެކަނިވެސް 1400 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top