
ސޮނޭވާފުށީގައި އަންހެން ފަތުރުވެރިއަކާއެކު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގަން މަސައްކަތްކުރުމުން ޒަޚަމްކޮށްލި ބިދޭސީ މީހާ ފޮޓޯ: ވަގުތު އޮންލައިން
ސޮނޭވާފުށީގައި ޗުއްޓީ ހޭދަކުރަމުންދާ އަންހެން ފަތުރުވެރިއަކު އޭނާގެ ދިފާއުގައި ކަމަށްބުނެ އެރިސޯޓްގެ ބިދޭސީ މުވައްޒަފަށް ހަމަލާދީ ޒަޚަމް ކޮށްްލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ބައެއް މީޑިއާތަކުން ބުނާގޮތުގައި އަންހެންމީހާ ބިދޭސީފިރިިހެނާއަށް ހަމަލާ ދީފައިވަނީ އޭނާއާއެކު ގަދަކަމުން ބަދު އަޚްލާގީހިންގަން މަސައްކަތްކުރުމުން ބިއްލޫރި ތައްޓެއް ތަޅާލުމަށްފަހު ބިދޭސީމީހާގެ މެއިން ބައެއް ކަފާލާފައެވެ.
ފުލުހުންގެ ފަރާތުންވެސް މިކަހަލަ ހާދިސާއެއް ހިގައިގެން އުޅޭކަން ކަށަވަރު ކޮށްދިނެވެ.
ޒަޚަމްތަކާއެކު އޮއްވައި މިބިދޭސީމީހާ ފެނިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް ފަރުވާދިނުމަށް އިއްޔެ ބ. އަތޮޅު ހޮސްޕިޓަލަށް ގެނެވުނު ކަމުގައި ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ޝިބާނާ މޫސާ ވިދާޅުވިއެވެ.
ފުލުހުން މިމައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެއެވެ.