ބ.ހިބަޅިދޫއަށް ސިފައިންނާ ފުލުހުން އަރައިފި

ބ.ހިބަޅިދޫ

ބ.ހިބަޅިދޫ

ބ. ދަރަވަންދޫއާ ޖެހިގެން އޮންނަ ހިބަޅިދޫއަށް މިއަދު ހެނދުނު ސިފައިންނާއިފުލުހުންއަރައިފިއެވެ.

ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ މިރަށް މިހާރުވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމްށް ލެޓްސްގޯ މޯލްޑިވްސްއަށް ދޫކޮށްފައެވެ.

ލެޓްސްގޯ ކުންފުނީގެވެރިޔާ ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވިގޮތުގައި އެރަށަށް ސިފައިންނާ ފުލުހުންގެ ޓީމެއް އަރައި ފާސްކުރަމުން ދާކަމަށް ވިދާޅުވެފައިވެއެވެ. އެކަމަކު އެއީ ކީއްވެގެންކަން ނޭގޭ ކަމަށް އެފަރާތުން ވިދާޅުވިއެވެ.

ފުލުހުން ބުނީ އެރަށަށް އަރާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓްއަމުރެއްގެ ދަށުންކަމުގައެވެ.

މިއަދު ހިބަޅިދޫއަށް ފުލުހުންނާއި ސިފައިން އަރާފައިވާއިރު މިމަހުގެ 22ވަނަދުވަހު ޅ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ހުރުވަޅިއަށް ވެސް ވަނީ އަރާ ފާސްކޮށްފައެވެ.

މި ދެރަށަށް ސަލާމަތީ ބާރުތަކުން އަރާފައިމިވަނީ މިދިޔަ މަހުގެ 28ވަނަދުވަހު ރިޔާސީ ލޯންޗް “ފިނިފެންމާ “ގައި ބޮމެއް ގޮއްވާލި މައްސަލަ ތަހުގީގުކުރަމުންއަންނަ ދުވަސްވަރެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top