ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރަން ހޯގާޑަށް

246650821_546923399941180_6269633091025343664_n-pevtdls0vm9yxxh0ndbsvg4hbompwjicsqkuicv7n4.jpg

ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހްމަދެވެ. ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްބޯގް ސްކަރަފްއެވެ.

މި މަޝްރޫގެ ދަށުން ކުޑަރިކިލު އިރުމަތީ ފަރާތުން 100 މީޓަރގެ ތިން ބްރޭކް ވޯޓަރއަކާއި 150 މީޓަރު އެއް ބްރޭކް ވޯޓަރއާއެކު ޖުމްލަ 450 މީޓަރުގެ ބްރޭކް ވޯޓާއެއްލުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ރަށުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ގޮނޑުދޮށަށް ފަސްއަޅައި ބީޗްޕްރޮފައިލް ކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގައި ހިމެނެއެވެ.

180 ދުވަސް ތެރޭގައި ނިިިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ14.7 މިލިޔަން ރުފިޔާ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަސަތޭކައެއްހައި މީހުންގެ އާބާދީއެއް އޮންނަ ކުޑަރިކިލުގެ ބިމުގެ ބޮޑުމިނަކީ 16.3 ހެކްޓަރެވެ.

މި މަޝްރޫއު ހަވާލު ކުރި އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑުން ދަނީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބަނދަރުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top