ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ

IMG_20210113_064552417.jpg

އޭދަފުށި. މޫސުން ގޯސް ދުވަހެއް

ކުރިއަށް އޮތް ފަސް ދުވަހު އުތުރުގެ އަތޮޅު ތަކަށާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހު ކަނޑުދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި ހާއްސަކޮށް އުތުރާއި މެދު އަތޮޅުތަކުގެ ދަތުރުތަކުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top