އިންޑިއާ ވިސާހޯދަން ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ: ޝާހިދު

261745_3_fb0787c157428731e5861ab20995608e1a359554_medium.jpg

ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.

މިކަން ޔަގީން ކޮށްދެއްވަމުން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މިހާރު ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ހަމަ އެއާއެކު މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޝާހިދުވަނީ ވަނީ ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއެކު މިހާތަނަށް ވެސް ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. މި ޚާއްސަ އުސޫލުގެ ދަށުން އިންޑިއާއަށް ދިއުމަށް ވިސާ ދޫކުރަމުން ދިޔައީ ހަމައެކަނި ދިވެހިންނަށްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮވިޑާ އެކު އިންޑިއާ ބަންދުކުރި ނަމަވެސް ބޭސްފަރުވާގެ ކަންކަމުގައި އެގައުމަށް ދިއުމަށް އަންނަނީ ވިސާ ދޫކުރަމުންނެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާއިރު، އެ އަދަދަށް ވިސާ ޖަހައި ނުދެވި ވިސާ ކިއޫ ދިގުވުމުން ބައެއް ދިވެހިން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ވިސާއަށް އެދެން ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަ ޖެހެނީ އޮންލައިންކޮށް ފޯމެއް ފުރިހަމަކުރާށެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނުން މި ފޯމު ހުށަހެޅުމަށް އެދި އެޕޮއިންޓްމެންޓެއް ހައްދަން ޖެހެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ބަލައިގަންނަނީ ވަކި އަދަދެއްގެ ފޯމު ކަމަށްވާއިރު ފޯމު ހުށަނޭޅި، ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ގިނަ ދުވަސްތަކެއް މަޑުކުރަންޖެހިފައިވާ މީހުން ވަރަށް ގިނައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top