ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި!

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

ތިލަދުންމަތީ އުތުރު ބުރިން ފެށިގެން ކޮޅުމަޑުލު ހިމެނޭ ސަރަހައްދަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން މި ސަރަހައްދުގައި ހިމެނޭ ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ފަތިހު 05:00 އިން ފެށިގެން 11:00އާ ހަމަޔަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ, ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެެވެ.

އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމަށާއި, އުޅަނދު ތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމުގެ އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top