ބ. މާޅޮހަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކައިން އެރަށަށް އިއްޔެ 400 ކިލޯގެ އާ ޖަނެރޭޓަރެއް ގެންގޮސްފި އެެވެ.
ފަތުރުވެރިކަމުުގެ ސިނާއަތުވެސް ކުރިއަރަމުން އަންނަ މާޅޮހަށް މި ޖަނަރޭޓަރު ގެންދިޔައީ އިއްޔެ އެވެ.
މި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ފޯރުކޮށްދޭން ފެށުމުން ފެނަކައިން އެ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުވެގެން ދާނެކަމަށާ ޖަނެރޭޓަރު އިންސްޓޯލް ކުރެވުނުހާ އަވަހަކަށް ބޭނުން ކުރާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.