އޭދަފުށީ ފެމިލީ އެންޑް ޗިލްރަން ސެންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމްޕިއުޓާ ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ހަދިޔާ ކޮށްފައިވަނި ޑެލް ބްރޭންޑުގެ ދެ ސިސްޓަމް އެވެ.
ބީއެމްއެލުން ބުނީ މިއީ އެ ސެންޓަރުގައި ތިބޭ ކުދިންނަށް އުނގެނުމަށް އެހީވެދިނުމަށްޓަކައި ހަދިޔާކުރާ އެއްޗެއް ކަމަށެވެ.
ވާޗުއަލްކޮށް ކުދިން އިލްމު އުނގެނެމުން އަންނަ ދުވަސްވަރެއް ކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ ހަދިޔާއާއެކު އިތުރު އޮންލައިން ވަސީލަތް ތައް ބޭނުންކޮށްގެން ކުދިން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބީއެމްއެލްއަކީ އަބަދުވެސް މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.