
އޭދަފުށީގެ ބިން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑުހިލަ ޖެހުމުގެ ފުތަތަމަ ފިޔަވަހީގެ މަސައްކަތް.
އޭދަފުށީގައި ބިންހިއްކިސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލަ ޖެހުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިމިއްޖެއެވެ. .
22.8މިލިޔަން ރުފިޔާއަށް މި މަސައްކަތް ކުރުމަސް ހަވާލު ކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސާއެވެ. .
ސަބް ކޮންޓްރެކްޓަރއެއްގެ ގޮތުން މި މަސައްކަތް ކޮށްފައިވަނީ ހެވީފޯސް ކުންފުނިން ނެވެ. މި ކުންފުނިން ވަނީ އޭދަފުށީގެ ހުޅަނގު އުތުރުން 857 މީޓަރގައި ބޮޑުހިލަ ޖަހާފައެވެ.
މި ޕްރޮޖެކްޓްގެ ދެވަަނަ ފިޔަވަހީގެ މަސައްކަތްވެސްްވަނީ މިދިޔަ މޭމަހުގެ ތެރޭގައި ފަށާފައެވެ. އެމްޓީ ހޯގާޑް ސަބްކޮންޓްރެކްޓްރެއްގެ ގޮތުން މަސައްކަތް ކުރަމުންްދިޔަ ކަމުގައި ވީނަމަވެސް މި ވަގުތު މަސައްކަތް ވަނީ ހުއްޓިފައެވެ. އެކުންފުނީގެ ފަރާތުން އޭދަފުށީގައި ހުންނަ އޮފިޝަލަކު ބުނި ގޮތުގައި މަސައްކަތް ހުއްޓިފައިވަނީ ހިލައިގެ ސްޓޮކް މުޅިން ހުސްވުމާއި ގުޅިގެންނެވެ. އަދި ހިލަ ލިބޭނޭ ދުވަހެއްވެސް ނޭގޭ ކަމުގައި އެފަރާތުން މައުލޫމާތު ދެއްވިއެވެ.
ސަބްކޮންޓްރެކްޓަރއެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފައިވާ ހެވީފޯސްއަށް އޭދަފުށީ ރައްޔިތުންގެ ތަރުހީބު އޮހެމުން ދާއިރު ދެވަނަ ފިޔަވަހީގެ މަސައްކަތާމެދު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ނޫންކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. މަސައްކަތުގެ ފެންވަރާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ވަނީ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.