ބ.އަތޮޅު ތައުލީމީމަރުކަޒުގެ އިނާމުދިނުމުގެޖަލްސާ ބާއްވައިފި

އަހްނަފް: މިދިޔަ އަހަރު ބ.އ.ތ.މ.ގެ ސެކަންޑްރީން އެންމެ މޮޅު ދަރިވަރު. ފޮޓޯ:އީޓީ

އަހްނަފް: މިދިޔަ އަހަރު ބ.އ.ތ.މ.ގެ ސެކަންޑްރީން އެންމެ މޮޅު ދަރިވަރު. ފޮޓޯ:އީޓީ

ޕީއެސްއެމުން މުޅި ރާއްޖެއަށް ވަގުތުން ދުރަށްދެއްކުމާއެކު ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2014 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ރޭ އެސްކޫލްގައި ބާއްވައިފިއެވެ.ގައުމީކުލަތަކުން ޒީނަތްތެރިކުރެވިފައިވާ ދިވެހި ވަންތަގޮތްދައްކައިދޭގޮތަށް ތައްޔާރުކޮށްފައިވާ ސްކޫލްގެ ޖަލްސާކުރާ ހޯލްގައި އޮތް މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއީލް އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2014 ވަނައަހަރުގެ ދަރިވަރުން ހޯދި ކާމިޔާބުތަކުގެ އެންމެ އުސްއަލިތަކުގެ ތެރޭގައި ހިމެނެނީ އަހަރުގެ ހަޔަރސެކަންޑްރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައިޝަތު ހަނާ އާއި ސެކަންޑްރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މުހައްމަދު އަހްނަފެވެ.

މި ދެ ދަރިވަރުންނަށް އިނާމާއި އެވޯޑްތައް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާނެވެ.

ހަނާވަނީ އޭލެވެލްއިމްތިހާނުން މުޅިރާއްޖެއިން ދެވަނަ ހޯދައިގެން ޓޮޕް 10ގައި ހިމެނިފައެވެ. އަހްނަފް ވަނީ އޯލެވެލްއިމްތިހާނުން ހުރިހާ މާއްދާއަކުން އޭފާހާއެކު މުޅިރާއްޖެއިން ދެވަނަހޯދާފައެވެ. މީގެ އިތުރުން އަހްނަފަކީ ސްކޫލުން ހިންގާ ގިނަ އެކްޓިވިޓީސްތަކުގައި ބައިވެރިވެ އެހެންކުދިންނަށް ނަމޫނާ ދައްކާފައެވެ.

އައިޝަތު ހަނާ؛ މިދިޔަ އަހަރުގެ ހަޔަރސެކަންޑްރީސްކޫލްގެ އެންމެ މޮޅު ދަރިވަރު . ފޮޓޯ: އީޓީ

އައިޝަތު ހަނާ؛ މިދިޔަ އަހަރުގެ ހަޔަރސެކަންޑްރީސްކޫލްގެ އެންމެ މޮޅު ދަރިވަރު . ފޮޓޯ: އީޓީ

ރޭގެ ޖަލްސާގައި މިދިޔައަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން އޯލެވެލްއާއި އޭލެވެލް އިމްތިހާނުގައ ބައިވެރިވި ދަރިވަރުންގެ ތެރެއިން ގަދަ 10 އާހަމައަށް ދަތުރުކުރި ދަރިވަރުންނަށް ވެސް އިނާމާއި އެވޯޑް ދިނުންއޮތެވެ.

މީގެ އިތުރުން މިދިޔަ އަހަރު ކޮންމެ ގްރޭޑަކުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިއުން ދެއްވިއެވެ.

ސްކޫލްގެ ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން މުނިފޫހި ފިލުވުމުގެ އައިޓަމަކާއެކު ޖަލްސާނިމުނީ ގައުމީ ސަލާމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top