އޯލެވެލް ނަތީޖާއާއި މެދު ސްކޫލާއި ބެލެނިވެރިންވެސް އުފަލުން ފުރިފައި

157994370_4638666216159892_4326445605839724307_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އޯލެވެލް ނަތީޖާއާ މެދު ސްކޫލާއި ބެލެނިވެރިންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ސްކޫލުން ހާމަކޮށްފި އެވެ.

ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަފީއު، އިވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބ.އަތޮޅު ތައުލީމީ މަރުމަޒުގެ މިއަހަރުގެ ނަތީޖާއަކީވެސް މިދިޔަ އަހަރެކޭ އެއްފަދައިން ކާމިޔާބީގެ އާ އުސްމިންތަކަކާ ހަމައަށް ދެވުނު  އަހަރެއް ކަމުގައެވެ. އެކަމަކު މިކާމިޔާބަކީ އަކީ އެތައް ބައެއްގެ ބުރަމަސައްކަތުން ހޯދިފައިވާ ކާމިޔާބީއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފޮޓޯ :ބ އަތޮޅު ތައުލީމީ މަރުކަޒު /އެފްބީ

“ސްކޫލްގެ ޓީޗަރުން ކުރެއްވި ބުރަމަސައްކަތާއެކު ބެލެނިވެރިންގެ ބުރަ މަސައްކަތް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ. އަދި ބެލެނިވެރިން ދަރިންގެ ކިޔެވުމަށް ކުރާ ބޮޑު ހޭދަޔާއެކު ކުރާ ބުރަ މަސައްކަތުގެ ނަތީޖާ  ފެނިގެން މިދިޔައީ.” ޕްރިންސިޕްލަ ވިދާޅުވި އެވެ.

އެހެންކަމުން ސްކޫލްގެ ހީވާގި ޓީޗަރުންނާއި ބެލެނިވެރިންނަށް އޭނާ ޚާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.

އޯލެވެލްގެ ވަގުތީނަތީޖާ ދައްކާ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރި ދަރިވަރުންގެ ތެރެއިން 16 ކުދިން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. މިއީ 2019ވަނަ އަހަރާ އަޅާ ބަލާއިރު 7 ކުދިންގެ އިތުރު ވުމެކެވެ. 2019 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ 9 ކުދިންނެވެ. ހަމަ އެއާއެކު ވަކިވަކި މާއްދާ ތަކުންވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

އޯ ލެވެލްގެ ގަދަ 10 ހޮވުމުގައި އަމަލުކުރަމުން އަންނަ އާ އުސޫލުގެ ތެރެއިން މިއީ ސްކޫލުން މިހާ ގިނަ އަދަދެއްގެ ކުދިން ގަދަ 10ގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top