ޑޮކްޓަރުން އަތްބުރި ކޮށްނުދީގެން، އަމިއްލައަށް އަތް ބުރިކޮށްލައިފި

44 އަހަރުގެ މާކް އަތް ބުރި ކޮށްލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް، އަދި އަތް ބުރިކޮށްލުމަށްފަހު ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޑެއިލީ މެއިލް

44 އަހަރުގެ މާކް އަތް ބުރި ކޮށްލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް، އަދި އަތް ބުރިކޮށްލުމަށްފަހު ނަގާފައިވާ ފޮޓޯއެއް – ފޮޓޯ: ޑެއިލީ މެއިލް

މީގެ 16 އަހަރު ކުރިން ސައިކަލު އެކްސިޑެންޓެއް ވެ އަތަށް ވާ ތަދުގެ ސަބަބުން ވެސް ޑޮކްޓަރުން އަތް ބުރި ނުކޮށް ދިނުމުން، މީހަކު އޭނާގެ އަތް އަމިއްލަ އަށް ބުރި ކޮށްލައިފި އެވެ.

ޢުމުރުން އެންމެ 28 އަހަރުގައި ހިނގި ސައިކަލު އެކްސިޑެންޓްގެ ސަބަބުން، 16 އަހަރު އޭނާގެ އަތުގައި ރިހޭ ވަރުން އުޅެން ޖެހުނުއިރު 44 އަހަރުގެ މާރކް ގޮޑާޑް ބުނީ ޑޮކްޓަރުން އޭނާގެ އެދުމުގެ މަތިން ވެސް އޭނާގެ އަތް ބުރި ކޮށް ނުދިން ކަމަށެވެ.

އޭނާ ބުނީ، އޭނާއަށް ހީވެފައި އޮތީ އަތް ބުރި ކޮށްލުމުން، އޭނާއަށް މިހާރު ވަމުން ދާ ތަދު ފިލާނެ ކަމަށެވެ.

އެހެން ކަމުން، މާރކް ވަނީ އަމިއްލައަށް އޭނާގެ އަތް ބުރި ކޮށްލުމަށް ޓަކައި “ގިލޮޓީން” އެއް ހަދާފަ އެވެ.

މި ގިލޮޓީން ހެދުމަށްޓަކަށް އޭނާ ބޭނުން ކުރީ ކޯރާޑީއެއްގެ ބޮލާއި، އިސްފިރޭނާއި އަދި ލަކުޑި އެވެ. މި ގޮލިޓީން މަސައްކަތް ކުރަނީ، ކޯރާޑީ މަތިން ވެއްޓި، އޭތި ވެއްޓޭ ދިމާލުގައި އޮންނަ އެއްޗެއް ބުރި ކޮށްލާ ގޮތަށެވެ.

އޭނާގެ އަތުގެ ސިއްހަތު ދުޅަހެޔޮ ވެފައި ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ، އަތް ބުރި ނުކޮށްދިނުމުން ވެސް އަމިއްލައަށް މާރކް ވަނީ ގިލޮޓީންގެ ބޭނުން ކޮށްގެން އަތް ބުރި ކޮށްލާފަ އެވެ. އަދި ކައިރީގައި ހުރި ކުނި އަޅާ ވަށިގަނޑު ތެރޭގައި އޭނާ ރޯ ކުރި އަލިފާން ގަނޑެއްގެ ތެރެއަށް ބުރި ކޮށްލި އަތް އޭނާ އެއްލާލައި، އަންދާލި އެވެ.

މި ކަން ހިނގިތާ 10 މިނިޓު ފަހުން ގެޔަށް އައި އޭނާގެ އަންހެނުންނަށް ޝޮކެއް ޖެހި، އަވަހަށް އެމްބިއުލެންސަކަށް ގުޅި އެވެ.

މާރކް ބުނީ، މި ކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ މަދުވި ކަމަށާއި، އެހެން ނަމަވެސް، އަތްތިލަ އަމިއްލައަށް ބުރި ކޮށްލުމުން ވެސް އަތަށް ވަމުން އައި ތަދު ފިލާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު ދުވާލަކު 40 ގުޅަ ޕެއިންކިލަރ ކަމުން އަންނަ މާރކް ބުނީ، އޭނާއަށް އެޅި ވޭނެއްގެ ސަބަބުން ކުރެވުނީ ވަރަށް މޮޔަ ކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށާއި، މިހާރު ލިބެން ޖެހޭ ފަރުވާއެއް ހޯދަިއގެން އޭނާގެ ކުރީގެ ދިރިއުޅުމަށް އިޔާދަ ވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top