ބ.އަތޮޅުގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހުށައެޅި ބިޑްތައް ކެންސަލް!

Fenaai-NArudhama-800x468-1.jpg

ބ.ފެހެންދޫ އާއި ފުޅަދޫ އާއި ކިހާދޫ އަދި ދޮންފަނުގައި ފެނާ ނަރުދަމާ އަޅަން ހުޅުވާލި މަޝްރޫއަށް ހުށަހެޅި ބިޑްތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކެންސަލް ކޮށްފި އެވެ.

ބ.އަތޮޅުގެ މި ހަތަރު ރަށާއެކު ށ. އަތޮޅާއި ނ.އަތޮޅުގެ ތިން ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ހުޅުވާލި މަޝްރޫއަށް ހުށަހެޅި ބިޑް ތައްވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމަކަށް ފިނޭންސް މިނިސްޓްރީން ފެނާއި ނަރުދަމާގެ މި މަޝްރޫއުތައް ހިންގައިދޭނެ ބަޔަކު ހޯދަން ހުޅުވާލީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށް މި އަހަރު ފެބްރުއަރީ މަހެވެ.

ބިޑް ހުށަހަޅަން ދީފައިވާ މުއްދަތަކީ މާޗް ތިން ވަނަ ދުވަހެވެ. އެ ބިޑްތައް މިނިސްޓްރީން ކެންސަލް ކުރިކަން އިއުލާނު ކޮށްފައިވާއިރު ބިޑްތައް ކެންސަލް ކުރި ސަބަބެއް ޕްލޭނިން އިން މިހާތަނަށް އާއްމު ކޮށްފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top