ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިގެން ކުރިއަށް!

big_WLGdJEK72XUuMX8DnmSzjVHeA.jpg

ކަމަދޫގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ މަޝްރޫއުގެ ތެރެއިން --ފޮޓޯ :އެމްޑަބްލިޔު އެސްސީ

ބ.ކަމަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްއީ އިން ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން މިހާރު ކުރަމުން ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކަމަދޫގައި 4.38 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރުމުގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ކަމަދޫ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ އެވެ.

މީގެއިތުރުން ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކޮށް 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން، ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމްކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 56.6 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ16 މަސްދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top