އުރީދޫ ސުޕަނެޓް ގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

b_67Qd0IoR8XwY2sqpyXXXGPhcc.jpg

މާދަމާއިން ފެށިގެން ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ނިންމާފައިވުމާ ގުޅިގެން އުރީދޫން ދޫކުރާ އިންޓަނެޓްގެ އަގު ވަރަށްބޮޑަށް ހެޔޮކޮށްފިއެވެ.

އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް، މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ނެޓް ހެޔޮ ޕްރޮގްރާމްގެ ދަށުން އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ތަކަށް ވަނީ ވަރަށް ބޮޑަށް ބަދަލުތަކެއް ގެނެވިފައި ކަމަށެވެ. ބަދަލުތަކުގެ ތެރޭގައި ޕެކޭޖް ތަކުގެ ޑޭޓާ އެލަވަންސްތައް 100 ގުނައަށްވުރެ އިތުރުވެފައި ހުންނާނެކަމަށާ އަދި އޭގެ އިތުރުން ޕެކޭޖްތަކުގެ އަގު 50 އިންސައްތައަށް ވުރެން އަގުހެޔޮވެފައި ހުންނާނެ ކަމަށް އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އެންމެ ކުޑަ ޕެކޭޖް ފިޔަވައި ދެން ހުރި ހުރިހާ ޕެކޭޖްތަކެއްގެ ތްރޮޓުލް ސްޕީޑަކީ ފަހެއް އެމްބީޕީއެސް ކަމަށާ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ސުޕަ ނެޓްގެ ޑޭޓާ ރޯލް އޯވާރ ތައާރަފު ކުރުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެނެގް ސުޕަނެޓް ހުރިހާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ ސާވިސް ލިބިގެން ދާނެ،” ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ ކްލަބް ޕްރިމިއަރާ އަކީ ކަސްޓަމަރުންނަށް އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ލޯޔަލިޓީ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް އުރީދޫގެ ސުޕަ ނެޓް ކަސްޓަމަރުން ތިބިއިރު މިއަދު ގެނައި ހެޔޮ ބަދަލު އެހުރިހާ ފަރާތްތަކަކަށް ވެސް ލިބިގެންދާނެ ކަން ނިޔާޒް ފާހަގަކުރެއްވި އެވެ.

އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކުގެ ތޭރަގައި ހިމެނެނީ، ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ދެ އެމްބީޕީއެސް، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް، 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އެވެ.

އިންޓަނެޓް އަގުހެޔޮކުރުމުގެ ކުރިން ތުރޮޓްލް ސްޕީޑު އާއްމުގޮތެއްގައި ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދުގަ އެވެ.

ސަރުކާރުން ބުނީ އިންޓަނެޓްގެ އަގަށް މި ބަދަލު ގެނައުމުން، 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އަގަކަށް ހިދުމަތުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ތުރޮޓްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ސަރުކާރުން ބުނީ، މި ބަދަލާއެކު އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top