”
ރައީސްޔާމީން 2018″ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަމެޗްގައި ޓީމް ސޮނޭވާއާއި ސަންސެޓް ބައްދަކުކޮށްގެން 4-1ގެ ބޮޑުތަފާތަކުން ސަންސެޓްބަލިކުރުމަށްފަހު ޓީމް ސޮނޭވާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އާދަމް ނިޒާމްގެ ހެޓްރިކާއެކު ދެން އެޓީމަށްލަނޑުޖަހާދީފައިވަނީ އަބްދުލްމަޖީދު އިބްރާހީމް އެވެ. ސަންސެޓްގެ ހަމައެކަނި ލަނޑު އެޓީމަސް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ރަޝީދުއެވެ.
ދެވަނަ މެޗްގައި އެމްއޭ ޔުނައިޓެޑްއާއި އެންޖޯއީފްރެންޑްސްއާއި ބައްދަލުކޮށްގެން 2-1ން އެމްއޭ ޔުނައިޓެޑް މެޗް ކާމިޔާބުކުރުމުން އެޓީމްވެސް ވަނީ ސެމީފައިނަލަށް ގޮސްފައެވެ. އެމްއޭ ޔުނައިޓެޑުން ލަނޑުޖަހާފައިވަނީ ޝާފީއާއި އަލީ ފާސިރު(ސެންޓޭ)އެވެ. އެންޖޯއީއަށް ކާމިޔާބުކުރެވުނު ލަނޑުޖަހާދީފައިވަނީ އަލީ އިހްސާންއެވެ.
މިއަދުވެސް މި މުބާރާތުގެ ދެ މެޗްކުޅޭގޮތަށް ހަމަޖެހިފައި ވެއެވެ. އެއީ ސައިނޯސާއާއި ޔުނަިޓެޑް ބައްދަލުކުރާ މެޗާމިހާރުވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ސޮނޭވާ އާއި އެމްއޭޔުނައިޓެޑްގެ މެޗެވެ.