ބ.ކަމަދޫން ފަތުރުވެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކަމަދުން ޕޮޒިޓިވް ވި ފަތުރުވެރިޔާއަކ ީރާއްޖެއަށް އެކަނި އައިސްއުޅުނު އިނގިރޭސިވިލާތުގެ އަންހެން ފަތުރުވެރިއެއް ކަމަށާ މި މީހާ އެރަށުގައި ދިހަ ދުވަސް ހޭދަކޮށްފައިވާކަމަށް ކަމަދޫ ކައުންސިލުން ބުނެއެވެ.
ކަމަދޫ ސިއްހީ މަރުކަޒާއި ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި މި ފަތުރުވެރިއާ ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވަނީ އިއްޔެއެވެ. މިމީހާއާއި ކޮންޓެކްޓުވި ފަރާތްތަކުގެ ސާމްޕަލްނަގައި މިހާރުވަނީ ޓެސްޓު ކުރުމަށް ފޮނުވާފައެވެ.
މި ކޭސްއާއި ގުޅިގެން ޕޮޒިޓިވު ފަތުރުވެރިއާގެ އިތުރުން ހަތަރުމީހަކު މިހާރުވަނީ ކަރަންޓީން ކޮށްފައެވެ.
ބ.ކަމަދޫގެ އިތުރުން ބ. މާޅޮހުންވެސް މިމަހުގެ 17 ވަނަދުވަހު ފަތުރުވެރިއަކުވަނީ ޕޮޒިޓިވުވެފައެވެ. އަދި މި ފަތުރުވެރިއާއާއި ބައްދަލުވި މީހަކުވެސްވަނީ ހަމަ އެރަށުން ޕޮޒިޓިވްވެފައެވެ.
އަތޮޅުތަކުގައި ހިންގާ ގެސްޓްހައުސް ތަކަށް އަންނަ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވަމުންދާއިރު ރަށްރަށުންވެސް ވެސް މިދުވަސްވަރު ދަނީ ޕޮޒިޓިވްކޭސްތައް ފެނުން އިތުރު ވަމުންނެވެ.