ކިހާދޫ ވޯޓް : ދެވަނަބުރެއް ބާއްވަން ޖެހިދާނެ!

b_AiOp5uwyQ0VucVsb3WDFmWOav.jpg

ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރއިން ---ވަން ފޮޓޯ

ބ.ކިހާދޫގެ ވޯޓު ގުނައި ވަގުތީ ނަތީޖާއާ ހަމައަށް ދިޔައިރު ފަސް މެންބަރުން އިންތިޚާބު ކުރަން ޖެހޭ އެކައުންސިލް ގެ އެންމެ މަތިން ވޯޓް ހޯދި ހަތަރު ކެންޑިޑޭޓުންގެ ފަހަތުން ދެ ކެންޑިޑޭޓަކު އެއްވަރަކަށް ވޯޓު ހޯދާފައި ވާތީ އެކަމާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.

ކިހާދޫގެ އިތުރުން ހއ. ތަކަންދުގައިވެސް ވަނީ މިމައްސަލަ ކުރިމަތިވެފައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްތައް ފައިނަލް ކުރުމަށް ކޮމިޝަންގެ ރަސްމީ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާ އެ ޝަކުވާތަކަށް ވެސް އެ ބައްދަލުވުމުގައި ގޮތް ނިންމާނެ ކަމަށެވެ. އެ ނިންމުންތަކަށް ފަހު އިތުރު ރަށްތަކެއްގައި ދެވަނަ ބުރު ބާއްވަން ޖެހޭނަމަ އެކަމެއް ނިންމާނެ ކަމަށެވެ.

“ދެވަނަ ބުރު ބާއްވަން މި ޖެހެނީ ފަސް މެންބަރުން އިންތިހާބުކުރާ ކައުންސިލެއް ނަމަ ފަސްވަނަ އަށް އިންތިހާބުކުރަން ޖެހޭ ކެންޑިޑޭޓަކަށް ދެ ބޭފުޅެއްގެ ވޯޓް އެއްވަރުވެއްޖެނަމަ،” ފުއާދު ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވީ ބައެއް ވޯޓްފޮށިތަކުގެ ޝީޓްތަކުގައިވާ އަދަދުތައް ދިމާނުވެ އަލުން ވޯޓްފޮށިތައް ގުނާ ސެކިއުރިޓީ އުރަ ކަނޑަން ޖެހުމުންނެވެ. ކޮމިޝަނުން އެކަން ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާގެ ހާޒިރުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top