ބ.އަތޮޅު ތައުލީމީމަރުކަޒުގެ 4ވަނަ “ބޮޑުކައްކާ” މުބާރާތް ބާއްވައިފި

މުބާރާތުގައި ބައިވެރިވާ ގްރޭޑް 4 ،5 ގެ ކުދިންގެ ގްރޫޕެއް

މުބާރާތުގައި ބައިވެރިވާ ގްރޭޑް 4 ،5 ގެ ކުދިންގެ ގްރޫޕެއް

އަހަރަކު އެއްފަހަރު ބ.އަތޮޅުތައުލީމީ މަރުކަޒުގެ ގްރޭޑް4 އާއި5 ގެ ކުދިންގެ މެދުގައި ބާއްވަމުން އަންނަ “ބޮޑުކައްކާ ” މުބާރާތް އިއްޔެ އެ ސްކޫލްގައި ބާއްވައިފިއެވެ.ކެއްކުމުގެ ފަންނު ކުދިންގެ ހިތުގައި ޝައުގުވެރިކުރުވުމުގެ ގޮތުން ސްކޫލްގެފަރާތުން ބާއްވާ މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ސޮނޭވާފުށި ރިސޯޓްގެ ޝެފުންނެވެ.

ދަރިވަރުން ތައްޔާރުކޮށްފައިވާ ޑެޒާރޓެއް

ދަރިވަރުން ތައްޔާރުކޮށްފައިވާ ޑެޒާރޓެއް

މިމުބާރާތް ކުރިއަށްގެންދަނީ ސޮނޭވާފުށީގެ ވަރަށްބޮޑު އެއްބާރުލުމަކާ އެކުގައިކަމަށް ސްކޫލްގެފަރާތުން މައުލޫމާތު ދެއްވައެވެ. އެގޮތުން ފަނޑިޔާރުންގެ ކަންތައް އިންތިޒާމުކޮށްދިނުމާ ދަރިވަރުން ތައްޔާރުކުރާ ކެއްކުމަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް ފޯރުކޮށްދެނީ އެ ރިސޯޓުންނެވެ.

މިމުބާރާތް ކުރިއަށް ދަނީ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެން ކަމަށް ވާތީި މުބާރާތުން އެއްވަނައަށް ދާ ގްރޫޕަކަށް ލިބޭ އިނާމާއި މެޑެލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފައިސާގެ އިނާމާއި މެޑެލް އަކީ ސޮނޭވާފުށީގެ ސޫޝެފް އަބްދުﷲސޮބާހުގެ ފަރާތުން ކަނޑައަޅާފައިވާ އިނާމާއި މެޑެލްއެވެ. މީގެ އިތުރުން އެއްވަނައަށް އަންނަ ގްރޫޕަކަށް ސޮނޭވާފުށީގައި އެއްދުވަހު ހޭދަކުރުމުގެ ފުރުސަތު ރިސޯޓުން ދީފައިވެއެވެ.

މުބާރާތް ކުރިއަށްދަނީ

މުބާރާތް ކުރިއަށްދަނީ

މިމުބާރާތުގައި ގްރޫޕްތަކުން ތައްޔާރުކުރަންޖެހެނީ ސޫޕަކާ ސެލެޑަކާ މެއިން ޑިޝްއެއްގެ އިތުރުން ޑެޒާރޓެކެވެ.

މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުމުގެ ހަފްލާގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top