ރިސޯޓުތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

192870_3_dff313bfc041d5fa8b2303a5f7932e1c4a4f9212_large.jpg

ކ. އަކިރިފުށީގައި ހެދި އޯބްލޫ ސިލެކްޓް ސަންގެލި ރިސޯޓް. ފޮޓޯ: އޯބްލޫ ސިލެކްޓް ސަންގެލި

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވުމަށް އެދިފައެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ފޮނުވަން ޖެހެއެވެ.

ވެކްސިން ޖެހުމަށް ރިސޯޓު މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަޖިސްޓަރީ ވެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިގެން މަސައްކަތްކުރަން ޖެހިފައިވާ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10،000 ޑޯޒް ވެކްސިން ހާއްސަކޮށްފައިވާ ކަމަށެވެ. މިއީ 5،000 މުވައްޒަފުންނަށް ބޭނުންވާ އަދަދެވެ.

ވެކްސިން ދިނުމުގައި ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންނަށް ހާއްސަ އިސް ކަމެއް ދެއްވާނެ ކަމަށް މައުސޫމު ވަނީ ވިދާޅުވި އެވެ. އަދި ފުރަތަމަ ބުރުގައި 10،000 ޑޯޒް ދީފައި އެ މުވައްޒަފުންނަށް ދެވަނަ ޑޯޒް ޖަހަންވާ އިރަށް އިތުރު މުވައްޒަފުންނަށް ވެސް ވެކްސިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top