ބ.މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު ދަތުރު ނިންމާލުމަށް ފަހު އެނބުރި ރަށަށް ދާން އުޅުމުން ކުއްލިއަކަށް މޫސުން ގޯސްވުމުގެ ސަބަބުން ރަށަށް ނުފުރި ހާލުގައި ޖެހިއްޖެއެވެ.
މިކަމާގުޅިގެން އެމްއެންޑީއެފް ކޯސްޓު ގާޑުގެ އެހީތެރިކަން އެދުމުން މިހާރުދަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެެވެ.
އެގޮތުން އެމްއެންޑީއެފް ގެ ލޯންޗެއްގައި މިއަދު 2:15ގައި ބ.ހިތާދޫ އަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ދަތުރުދިޔަ ޓީމުގައި 11 މީހުން ތިބިއިރު، އޭގެތެރޭގައި ހަ ކުޑަކުދިންނާއި 5 އަންހެނުން ހިމެނެއެވެ.