ރާއްޖެ އަންނަން ބުކިންސް ހަދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ.

Beach-Villa-with-Pool-Villa-Exterior-View-VARU-by-Atmosphere.jpg

ރާއްޖެ އަންނަން ބުކިންގްސް ހެއްދި މީހުންގެ އަދަދު 500 އިންސައްތަ އިތުރުވެފައިވާކަމަށް ޓްރެވަލް އެޖެންޓުން ބުނެފިއެވެ.

ޓްރެވަލް އެޖެންޓުންނާ ހާވާލާދީ މީޑިއާތައް ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއެކު، ރާއްޖެ ޒިޔާރަތްކުރަން ބުކިންތައް ހައްދަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ބުކިންސްތައް ހެއްދި އަދަދު އިތުރުވެފައިވާއިރު، ރާއްޖެއާބެހޭ މައުލޫމާތު ހޯދާ މީހުންގެ އަދަދުވެސް އެތައް ގުނައެއް އިތުރުވެފައިވާކަމަށާ މިކަމުގެ ސަބަބުން އަޑިއަޅާލާފައިވާ ޓްރެވަލް އިންޑަސްޓްރީއަށް އުއްމީދުތަކެއް ލިބިގެންގޮސްފައިވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

މިކަމާގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ޚަބަރެއްކަމަށެވެ. އަދި މިއީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން ފެންނަ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން، ދަތުރުކުރުން ރައްކާތެރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މި ބަދަލާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދިއުމަށްފަހު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް ލުއިދީފައިމިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވަރަށް ބޮޑަށް މަދުވެފައިވާތީ އާއި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އަޅާފައިވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top