ތުޅާދޫގައި މަރުވެފައިއޮއްވާފެނުނު ތުއްތުުކުއްޖާގެމަންމަ ހައްޔަރުކޮށްފި

ތުޅާދޫ

ތުޅާދޫ

ބ.ތުޅާދޫގައި ކައިވެނީގެބޭރުން އުމުރުން 18އަހަރުގެ އަންހެނަކު މީގެ ފަސްދުވަސްކުރިން ވިހެއުމަށްފަހު ދަރިފުޅު މަރުވެފައިވާ މައްސަލައިގާ މަންމަ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލްވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ފުލުހުންގެ އޮފިޝަލްވިދާޅުވީ އެމައްސަލް ތަހްގީގު ކުރުމަށް މިހާރުވެސް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ދާކަމުގައެވެ.

ތުޅާދޫ ސިއްހީ މަރުކަޒުން މިދިޔަ އަންގާރަދުވަހު ބައެއްމީޑިއާ ތަކަށް މިކަމުގެ މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެރަށުގައި 18އަހަރުގެ އަންހެނަކު ވިހައިގެން އެކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މަންމައާއި ދަރިފުޅު އެމަރުކަޒަށް އެދުވަހު ހެނދުނު ގެންދިޔަކަމުގައެވެ. އަދި އެކަން ރިޕޯޓްކޮށްފައިވަނީ ވިހޭ އަންހެން މީހާގެ މަންމަ ކަމަށާއި ތުއްތު ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.

ތުޅާދޫ ސިއްހީމަރުކަޒުން ފުލުހުންނަށް އެދުވަހު ރިޕޯޓްކުރުމުން އޭދަފުށީގައި ތިބޭ ފުލުހުންގެ ޓީމެއް އެރަށަށްގޮސް އެމައްސަލަ ވަނީތަހްގީގު ކުރަން ފަށާފައެވެ. އަދި އޭދަފުށީގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ޓީމަކާ މާލެއިންދިޔަ ޖެންޑަރމިނިސްޓްރީގެ ޓީމެއްވެސް މިހާރު ދަނީ ތުޅާދޫގައި ހަރަކާތްތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top