މީރާގެ ބޯޑަށް އޭދަފުށީ ސައްކެޔޮގޭ މުމްތާޒުގެ ނަން.

viber_image_2020-08-25_17-07-21.jpg

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް މަދުވެފައިވާ 4 މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އޭދަފުށީ ސައްކެޔޮގޭ މުމްތާޒް އަބްދުއްރަޝީދު އައްޔަނު ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މުމްތާޒް އަބްދުއްރަޝީދުގެ އިތުރުން މީރާގެ ބޯޑަށް އައްޔަން ކުރަން ރުހުން ދިން ބޭފުޅުންނަކީ ލީނާ މުހައްމަދު ޒާހިރު ހުސެއިނާއި ހުޝާމް ވަހީދާއި އައިޝަތު އަޝާ އަލީއެވެ.

މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުމުން 8 ފަރާތަކުން ވަނީ ބޯޑަށް ނަން ހުށަހަޅާފައެވެ. ނަމަވެސް މިމައްސަލަ ދިރާސާކޮށް އިޤްތިޞާދީ ކޮމިޓީން ނިންމީ 8 ނަމުގެ ތެރެއިން ތެރެއިން 5 ނަމަކަށް ރުހުން ދޭން ފެންނަކަމަށެވެ.

މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top