ދިވެހީންގެ މެދުގައި އެންމެމަގްބޫލު އެއްކިރުކަމުގައިވާ ކޯސްޓްކިރުޕަކެޓްގެ އަގުހެޔޮކޮށްފިއެވެ.
ބީއެޗްއެމް އިން ރާއްޖެއެތެރެކޮށް ވިއްކަމުންގެންދާ ކޯސްޓްކިރު އަގުހެޔޮކުރީ ދުނިޔޭގެ ބާޒާރުގައިވެސް މިވަގުތު ކޯސްޓްކިރު ޕަކެޓްގެއަގު ހެޔޮވުމުންކަމުގައި ބީއެޗްއެމް އިން ބުނެއެވެ.
ކުރިން 1310ރުފިޔާއަށް ވިއްކަމުންއައި 800 ގްރާމްގެ ހިކިކިރުޕަކެޓް ކޭހެއްގެ މިހާރުގެ އަގަކީ 1235 ރުފިޔާއެވެ. އަދި 800ގްރާމްގެ ވަކި ޕަކެޓް ކުރިން ވިއްކަމުންއައީ 115 ރުފިޔާއަށް ނަމަވެސް މިހާރުގެ އަގަކީ 108 ރުފިޔާއެވެ.
ޕަކެޓްގެ އަގަށް ބަދަލު އައިނަމަވެސް ކޯސްޓްދަޅުގެ އަގަށް އަދި ބަދަލު ނުގެންނަކަމަށް ބީއެޗްއެމުން ބުންޏެވެ.