މިނިސްޓަރު ވިދާޅުވަނީ ރަށްރަށުން ގޯތިދޭން ސަރުކާރުން ހުރަސް ނާޅާނެ ކަމަށް

b_tNr06koL7inBQn1XSOIkVhV9m.jpg

ައުސިނ މިނިސްޓަރު މުހައްމަދު އަސްލަމް---ފޮޓޯ : ވަން ފޮޓޯ/މުހައްމަދު އަސްލަމް

ރަށްރަށުން ގޯތި ދިނުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އުޅޭ ރައްޔިތުން ވެސް ބޯހިޔާވަހިކަމަށް ބޭނުންވާ ކަން މި ސަރުކާރަށް ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ. ހަމައެއާއެކު އިތުރު ރަށްތަކުން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަ މި ހަފްތާ ތެރޭ ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޖުމްލަ 14 ރަށެއްގެ ރަށު ކައުންސިލުން އެ ރަށްރަށުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީގެ ހުއްދައަަކަށް އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ސާދަ ރަށަކުން އެބަ އޮތް ހައުސިންގް މިނިސްޓްރީގައި އެދިފައި ގޯތި ދޫކުރުމުގެ ހުއްދައަށް، އެ ރަށްރަށުން އެދިފައިވާ ގޮތަށް ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، މާނައަކީ ލޭންޑް ޔޫސް ޕްލޭނިންއެއް ހެދިފައި، އެ ލޭންޑް ޔޫސް ޕެލޭންއެއް ހެދުމުގެ މަސައްކަތް ކުރާނީ ކައުންސިލުން،” މިނިސްޓަރު ވިދާޅުވި އެވެ. އެ 14 ރަށުގެ ތެރޭގައި އޭދަފުށި ހިމެނިފައެއް ނުވެއެވެ.

މި 14 ރަށަކީ މިހާތަނަށް ހައުސިންގ މިނިސްޓްރީން ގޯތިދިނުމުގެ ހުއްދަ ކައުންސިލްތަކަށް ދީފައިނުވާ ރަށްރަށް ކަމަށާ އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި (ލޭންޑް ޔޫސް ޕްލޭނެއް އޮތް) ރަށްރަށަށް ގޯތި ދިނުމުގެ ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލެނެއް ނެތް ރަށްރަށަށް އެ ޕްލެން އެކުލަވާލުމާއިއެކު ހުއްދަދޭން ފަށާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ބޭނުންޖެހިފައިވާ ހާލަތުގައި ގޯތި ދިނުން ހުއްޓައިގެން ތިބުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ.

“ސަރުކާރުގެ ވިސްނުމަކި ކިތަންމެ މަދު ބަޔަކު ދިރިއުޅެމުންދިޔަ ކަމުގައިވިޔަސް އެބަޔަކަށް ގޯތި ދިނުން.” މިނިސްޓަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top