ދިރާގުން ޑިސްކައުންޓާއި ބޫސްޓާ އެލަވަންސް ދެނީ

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ދިރާގުން ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދޭންް ނިންމައިފި އެވެ.

މިއީ “ނިއު ނޯމަލް” ގައި ދިރާގުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފަސޭހަކަމާ އެކު ގުޅައިދީ، އެ މީހުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ދިން ޑިސްކައުންޓްތަކެކެވެ.

އެގޮތުން ދޭ ޑިސްކައުންޓް ތަކާއި ބޫސްޓާ އެލަވަންސްތަކުގެ ތެރޭގައި ހޯމް ފިކްސްޑް ބްރޯޑްބެންޑް ކަސްޓަމަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން 33 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ އެވެ. އަދި މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި މަހުގެ 16 އިން އަންނަ އަންނަ މަހުގެ 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން 30 ޕަސެންޓް ލިބޭނެ އެވެ. މަމެން ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ހުރިހާ ޑޭޓާ ބަންޑަލްތަކުން 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ.

ދިރާގުން ވަނީ ކޮވިޑް19 އާއި ގުޅިގެން ވެސް ކަސްޓަމަރުންނަށް ހާއްސަ އެލަވެންސާއި ޑިސްކައުންޓު ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top