އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށައިފި.

3333.jpg

އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށާފައި.

އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިއަދު މަގުތަކުގައި ތާރު އަޅަން ފަށައިފި އެވެ.

ތާރު އަޅަން ފަށާފައިވަނީ އޭދަފުށީގެ އުތުރު ފަރާތުގައި ވަށައިގެން އޮންނަ އޮންނަ ބޮޑު މަގުގެ އިރުމަތީ ކޮޅުން ފެށިގެންނެވެ.

އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމުގެ މަޝްރޫއު ފަށާފައިވަނިީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އެ ސަރުކާރު ބަދަލުވި އިރު މި މަޝްރޫއުގެ ދަށުން ހަދަން ނިންމާފައިވާ 17 މަގުގެ މަސައްކަތުގެ ތެރެއިން 15 މަގުގެ މަސައްކަތް ވަނީ ދެފަރާތުގައި ޕޭމަންޓްހަދައި ތާރު އަޅަން ފެށުމަށް ކުރަން ޖެހޭ މަސައްކަތާ ހަމައަށް ނިންމާފައެވެ.

މި މަސައްކަތް ހުޢްޓިފައި ދިގު މެދުކެނޑުމެއް ވޭތުވެދިޔަ ފަހުން މިސަރުކާރުން އަލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް 2019 ވަނަ އަހަރު އެޕްރީލް މަހުއެވެ.

އެމްޓީސީސީންް މަސައްކަތާ ހަވާލުވުމަށްފަހު ފުރަތަމަ ބުނީ ކުރީ ސަރުކާރުން ފަށާފައިވާ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއު އަލުން ކުރިއަށް ގެންދާއިރު ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޑިޒައިންނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. މި ގޮތުން ގެނެވުނު މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލާއިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުމާއި މަގު ތަކުގައި ފެންހިންދުމަށް އިތުރު ހޮޅި އެއް ވަޅުލަން ޖެހޭ ކަމަށެވެ.

އެމްޓީސީސީން އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެގޮތަށެވެ.

މި ޕްރޮޖެކްޓްގެ ސުޕަވައިޒަރު އިބްރާހީމް އަޒީމް ވިދާޅުވީ އޭދަފުށީގައި ހަދާ މަގުތަކުގެ ތެރެއިން ގިނަ މަގުތަކުގައި މިހާރުވާނީ ހޮޅި ވަޅުލައި ތާރުއެޅުމުގެ ކުރިން އަޅާ ހިލަ ބޭސް ކޯސް ފަށަލަ ވެސް އަޅާ ނިމިފައި ކަމުގައެވެ.

“މޫސުން ރަނގަޅު ނަމަ މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ދުވަހަށް ނިންމާލެވޭނެ ކަމަށް މި ބަލަނީ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއީ.” އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިދިޔަ މާޗް މަހު ވިދާޅުވީ އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޖުމްލަ 19،184،857 ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 17،785 ސްކުއާ މީޓަރުގެ ބޮޑެތި މަގުތައް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top