ސިއްހީ އިރުޝާދު ސިދުގީގެ ދުލުން

sidgy.jpg

1. ކޮލެސްޓްރޯލް މައްޗަށް ދަނީ ވަކިކަހަލަ ކާނާއެއް މާގިނައިން ކާތީކަމަށް ބައެއް މީހުން ބުނޭ؟ އެއީ ތެދެއްތޯ؟ ނޫންނަމަ ކޮލެސްޓްރޯލް މަތިވަނީ ކިހިއްނެއްވެގެންކަން ވިދާޅުވެދެއްވަފާނަންތޯ؟ މިފަދަ މީހުން ޑަކްޓަރީ ބޭހުގެ އިތުރަށް ކެއުމާ އާންމު ދިރިއުޅުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ކޮންކަމަކަށްތޯ؟

ޖަވާބު:
ކޮލެސްޓްރޯލް މައްޗަށްދަނީހަމަ އެކަނި ކެވޭ އެއްޗެއްގެ ސަބަބަކުންނޫނެވެ. ކްލޮސްޓްރޯލް މައްޗަށް ދިއުމަށް މަގުފަހިވާ ކަންތައްތަކުގެތެރޭގައި އުމުރުންގިނަދުވަސްވުމަކީވެސް އެއްސަބަބެވެ. އަނެއްކަމަކީ އާއިލާގައި ކްލޮސްޓްރޯލް މައްޗަށްދާ މީހުން ތިބިނަމަ އާއިލާގެ އެހެންމީހުންންވެސް ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ ފުރުޞަތު ބޮޑެވެ. ހަށިގަނޑުގެ ބަރުދަން ހުންނަންވާވަރަށްވުރެ އިތުރުވުމާއި،ކެއުމުގައި ތާޒާ ތަރުކާރީއާއިމޭވާ ބޭނުންކުރާމިންވަރު މަދުވުމާއި،ކަސްރަތުކޮށް ޙަރަކާތްތެރިވެ ނޫޅޭނަމަވެސް ކްލޮސްޓްރޯލް މައްޗަށްދިއުމަކީ ވަރަށްގާތް ކަމެކެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދިރިއުޅުމުގައި ދިމާވާކަންތައްތަކާއިމެދު އަބަދުމެ ހާސްވެ ކަންބޮޑުވާނަމަ ޙާއްޞަކޮށް ހާސްކަން ފިލުވާލުމަށް ދަތިވާނަމަ ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ގާތްކަމެކެވެ.

ޑޮކްޓަރުގެ ބޭހުގެ އިތުރަށް ކެއުމާއި އާއްމުކޮށް ދިރިއުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް
• ރަގަޅުކާނާ މޭވާއާއި ތަރުކާރީ އެކުލެވޭ ކާނާ ގަވާއިދުން ބޭނުންކުރުން
• ސަރުބީގެ ބައިތައްހިމެނޭ ތެޔޮ، އެއްގަމުމަސް، ކަނޑުމަސް ކެއުން މަދުކުރުން
• ކަސްރަތުކުރުން މަދުވެގެން 45 މިނިޓް ނުވަތަ 1 ގަޑިއިރު މީހާގެ ވަރުބަލިކަން ހަށިގަޑަށް ލިބޭވަރަށް ހިނގުން ނުވަތަ މަޑުދުވެއްޔެއްގައި ދުވުން، ފެތުން

2. އަޅުގަނޑަކީ 24 ގަޑިއިރު ހިދްމަތްދޭ ތަނެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކީމެވެ. ވަޒީފާގެ ގޮތުން ކޮންމެ ހަފްތާއަކުވެސް ދަންވަރު ޑިއުޓީ އަދާކުރަންޖެހެއެވެ. އެގޮތުން ދަންވަރު ޑިއުޓީ އަދާކުރާ ދުވަސްދުވަހު މޭއެންދުމާ، މެއިން ދިލަނެގުމާއެކު ހޮޑުލަވާގޮތްވެފައި ހުރޭ. މިހެންދިމާވަނީ ނިދިމަދުވީމާކަމަށް ފާހަގަކުރެވެނީ. މިކަމަށް ލުޔެއް ހޯދުމަށް ގޭގައި ދެވޭނެ ފަރުވާއެއް އޮންނާނެތޯ؟

ޖަވާބު:
• ޑިއުޓީއަށް އައުމުގެކުރިން މަދުވެގެން 4 ގަޑިއިރު އަރާމު ކޮށް ނިދާލުން
• މޭއެންދުމާއި ހޮޑުލުމުގެ އަލާމާތަކީ ގޭސް ސްޓްރިކްސް ކަމަށްވާތީ މިކަމަށް ކުރެވިދާނެކަންތައްތަކަކީ
ގަޑިންގަޑިއަށް ކެއުން
ކެއުމުގެ ތެރޭގައި ތެޔޮ، ކުޅި، ހަވާދު އެކުލެވޭ ކާނާ ކެއުން މަދުކުރުން ފެންގިނައިން ބޭނުންކުރުން
ފިނިކޮށްގެން ކިރުތަށި، އައިސްކްރީމް ބޭނުންކުރުން
ކަސްރަތުކުރުން، ކަންތައްތަކާއި ނުވިސްނުން

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު