ކިޔަވައިނުދެވުނަސް ދަރިވަރުން ރިޕީޓެއް ނުވާނެ- އެޑިއުކޭޝަން

DSCN5710.jpg

ކޮވިޑް-19 އާގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔަވައިދިނުން މެދުކެނޑިގެން ދިޔަނަމަވެސް ދަރިވަރުން ރިޕީޓް ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ގްރޭޑްތަކުގައި ދަރިވަރުން ރިޕީޓް ކުރިޔަސް ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ އޮޓޮމެޓިކް ޕްރޮމޯޝަނަށް ކަމަށެވެ. އެހެންވެ، އެ އުސޫލުގެ ތެރެއިން، މިހާރު ކިޔަވަމުން އަންނަ އެއްވެސް ދަރިވަރަކު ރިޕީޓެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ދެން ވާނެ ގޮތަކާމެދު ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވ.

އާތިޔާ ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުން ގްރޭޑް ރިޕީޓްކުރުމުގެ ބަދަލުގައި ، ހާއްސަ ޕްލޭނެއް ހަދައި އޭގެ ދަށުން ކިޔަވައިދޭނީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިއްޖެ ނަމަ ސްކޫލުތައް ހުޅުވާނެ ގޮތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެންމެ ފުރަތަމަ ކިޔަވައިދޭނެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.

“ސްކޫލާ ގުޅުން ހުރި ކަމެއް ވީމާ މުޅި މުޖުތަމައު މިކަމުގައި މި ބައިވެރިވަނީ. އެންމެންގެ ރައްކާތެރި ކަމަށް ވިސްނާފައި ގޮތެއް ނިންމާނީ،” އާތިޔާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 83 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top