ދަރަވަންދޫގައި ދެބެއިން ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި

DSCN9174.jpg

ދަރަވަންދޫގެ މަގެއް---އީވީ ފޮޓޯ

ބ. ދަރަވަންދޫގައި ދެބެއިންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކު އަނެކަކަށް ހަމަލާ ދިނުމުގެ ތެރޭގައި އެކެއްގެ އަތަށް ކަތުރެއް ހަރާލައި ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ބ. ދަރަވަންދޫގައި މީހެއްގެ އަތަށް ކަތުރެއް ހަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެކަން ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި މާރާމާރީ ހިންގީ އޭގެ ތެރެއިން އެކެއްގެ ވޮލެޓުން ފައިސާތަކެއް ގެއްލުމާ ގުޅިގެން ދެ މީހުންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އުފެދިގެން ކުރެވުނު ޒުވާބެއްގެ ތެރޭގަ އެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނޭ 29 އަހަރުގެ ފިރިހެން މީހާ، އޭނާގެ 26 އަހަރުގެ ކޮއްކޮގެ ވޮލެޓުން ފައިސާތަކެއް ނެގި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މާރާމާރީގައި ކަތުރުން ހަމަލާދީގެން ޒަހަމް ވެފައިވަނީ ކޮއްކޮ އެވެ. އެހެންކަމުން ބޭބެ ވަނީ ހައްޔަރު ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top