ސްކޫލްތައް އިތުރު އެއްހަފްތާއަށް ބަންދު.

58380654_2898623256830872_601071181197475840_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--ފޮޓޯ : ބއތމ.ގެ ފޭސްބުކް ޕޭޖް

ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ސްކޫލްތައް ހުޅުވުން ދެ ހަފުތާއަށް ފަސްކުރިއިރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖްތައް ވެސް ވަނީ ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

ނޫސްވެރިންގެ މި ބައްދަލު ވުމުގައި ސްޕޯކްސް ޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސްކޫލްތައް ދެން ހުޅުވޭނީ ކޮލެޖްތަކާ ޔުނިވަރސިޓީތަކާއެކު ކަމަށެވެ.

މަބްރޫކްވިދާޅުވީ މި ދުވަސްވަރުގެ ތެރޭގައި ޓިއުޝަން ދިނުމާއި ޓިއުޝަން ސެންޓަރު ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސްކޫލްތައް ދެހަފްތާއަށް ބަންދު ނަމަވެސް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ފަށާފަ އެވެ. އެގޮތުން މި ހަފުތާ ވަނީ ގްރޭޑް 10 އެއްގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ދަނީ ދަށު ގްރޭޑްތަކަށް ވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރުވަމުންނެވެ. އެހެންވެ، އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުން ހޯދުމުގެ މަސައްކަތް ވެސް އެޑިއުކޭޝަނުން ވަނީ ފަށާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް 13 މީހަކު ވަނީ ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top