އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް އުވާލި ކަމީ ލޮލުން ކަރުނަ އަޅަން ޖެހޭ ކަމެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރއެވެ.
ޑރ.ޝަހީމްގެ ފޭސްބުކް ޕޭޖްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މުބާރާތަކީ ހުނަރުވެރިކަން އިތުރުކޮށްދިން ޒަމާނީ މުބާރާތެއްކަމަށާ ބޮޑެތި އެތައް ކުންފުންޏަކުން ސްޕޮންސަރ ކުރަމުންދިޔަ މުބާރާތެއް. ” ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.
“ކީރިތި ގުރުއާނުގެ އިލްމް ފެތުރުމަށް މަސައްކަތްކޮށް ގުރުއާންގެ މަތިވެރިކަމަކީ ރާއްޖޭގައި ގާއިމްވި ކޮންމެ ސަރުކާރަކުންވެސް އަހައްމިޔަތުކަަމެއް ދިން ކަމެއް. އެގޮތުން މީގެ 50 އަހަރު ކުރިން ފަށައިގެން 2018 ވަނަ އަހަރާއި ހަމައަށް ގުރުއާން އުގަންނައިދިނުމުގެ ހަރަކާތްތައް ފަނޑުވުމެއް ނެތި ގައުމީ ފެންވަރުގައި ކުރިއަރައި ކުރިއަށް ގެންދިޔަ.”ޝަހީމް ވިދާޅުވިއެވެ.
އެކަމަކު މި ސަރުކާރު އައި ފަހުން މިފަދަ މުބާރާތްތައް ކުރިއަށްނުގެންދާ ކަަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ހާފިޒުން އުފެއްދުމުގެ މަޝްރޫއުތައް މަޑު ޖެހިފައިވާކަމަށާއި، ޤުރްއާންގެ އިލްމު ފެތުރުމުގެ ހަރަކާތްތަކަށް ލޮޅުން އަރާފައިވާ ކަމަށް ވިދާޅުވިއެވެ.
“މުޅި ގައުމުގައި ކުޅިވަރާއި މަޖަލާއި މިއުޒިކް ޝޯވތަކެވެ. އުވިގޮސްފައިވާ މިއުޒިކީ އީދުތައް އަލުން ދިރުވާ އާލާ ކުރެވެނީއެވެ. އެކަންކަމަށް މުހިންމުކަން ދެވި އެކަންކަން ގައުމީ ފެންވަރުގައި ޕްރޮމޯޓްވެގެންދާއިރު، ގައުމުގައި ދެމިގެން އައިސްފައިވާ އިސްލާމް ދީނުގެ މަތިވެރި ޝިއާރުތައް ފަނޑުވެގެން ދާތަން ފެނުމަކީ ކޮޅުނެތްކޮޅަށް ހިތާމަ ކުރާ ކަމެކެވެ”. ޑރ ޝަހީމް ވިދާޅުވިއެވެ.
ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ވެރިޔަކު ނެތި އަހަރެއް ވާން ކައިރިވެފައިވާކަން ވެެސް ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ މި ކަންކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.